Afzal Rasheed

Afzal Rasheed

Share

Community first. Development always.

17/05/2026

މަރުހަބާ އައްޑޫ މީދޫ އތމ ކޮމިޓީގެ ނައިބު ރައީސާ

17/05/2026

މަރުހަބާ އައްޑޫ މީދޫ ކައުންސިލުގެ ނައިބު ރައީސް އަމީން ހާނީ.

17/05/2026

އައްޑޫ މީދޫގެ އައު ކައުންސިލަށް އިހުލާސްތެރިކަމާއެކު މަރުހަބާ އާއި ތަހުނިޔާ ދަންނަވަމެވެ.
އަޅުގަނޑުގެ އުއްމީދަކީ އަދި އެދުމަކީ ވެސް، މީދޫއަކީ ރައްޔިތުންގެ އިގްތިސާދީ ފުދުންތެރިކަން އިތުރުވެ، ހިދުމަތްތައް ހޯދުމުގައި އަވަސްކަމާއި ފަސޭހަކަން މަގުފަހިވެފައިވާ، އަމާން އަދި ނަމޫނާ ރަށަކަށް ވެގެންދިއުމެވެ. ހަމައެއާއެކު، އިންތިހާބުގެ ތެރޭގައި ތިޔަ ބޭފުޅުން ވެވަޑައިގެންނެވި ވައުދުތައް މި ދައުރުގެ ތެރޭގައި ފުރިހަމަކުރެއްވުމަކީ، ކައުންސިލް މެންބަރުންނަށާއި، ރަށަށާއި، މުޅި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދެކެމެވެ.

މަރުޙަބާ !

Thin raeesun ehthanvee noosverikamuge hahgugaeh noon, verikamuge dhahivethikamugai: Jabir 16/05/2026

Thin raeesun ehthanvee noosverikamuge hahgugaeh noon, verikamuge dhahivethikamugai: Jabir ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްތަންވީ ނޫސްވެރިކަމުގެ ހައްގުގައެއ...

12/05/2026

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގެ ތެރެއިން.

05/05/2026
Photos from Dr Mohamed Muizzu's post 05/05/2026
04/05/2026

ދެންނެވުން

02/05/2026

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

މާތްﷲ ކުދުގޭ ދައްތާ (އާމިނަތު އަހުމަދުދީދީ ، ޖަވާހިރުގެ /ސ.މީދޫ )
ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި، އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

29/04/2026

‏﷽

‏ނިމިދިޔަ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އަޅުގަނޑަށް ތާއީދުކޮށް ވޯޓްދެއްވި ޕާޓީގެ ލޮބުވެތި މެމްބަރުންނަށް ނުހަނު ލޯތްބާއެކު ޝުކުރުދަންނަވަމެވެ.އަދި ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އަޅުގަނޑުގެ ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށް ޓަކައިވެސް އަޅުގަނޑު ޝުކުރުދަންނަވަމެވެ.
‏ނަމަވެސް އަޅުގަނޑު މިދިޔަ 3 ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އަޅުގަނޑު ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމި ވާހަކަ ލޮބުވެތި މެމްބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.މިގޮތައް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އަޅުގަނޑު ފުރިހަމަ ބައިވެރިވުމާއި އަޅުގަނޑުގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.
‏އަޅުގަނޑުގެ މިނިންމުން މިހާރު ޕާޓީގެ ލޮބުވެތި ރައީސަށާއި ލީޑަރޝިޕަށް މިހާރުވާނީ ދަންނަވާފައެވެ.އަޅުގަނޑުގެ ނިންމުން ޕާޓީގެ ރައީސާއި
‏ލީޑަރޝިޕް އިޚްތިރާމާއެކު ވަނީ ބަލައިގެންފައެވެ.
‏މާތްاللهގެ ހެޔޮރަޚްމަތާއެކު ޕާޓީން ކެނޑިޑޭޓެއް ދެއްކިހާ އަވަހަށް އަޅުގަނޑު އެކެނޑިޑޭޓާއެކު ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހަށް ދާނަމެވެ.އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ ހުރިހާރައްޔިތުން އައު ރޫހެއްގައި އަޅުގަނޑާއެކު ނުކުމެ އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓް އިންތިޚާބު ކޮށްދެއްވުމެވެ.

‏-އަބަދުވެސް ދާއިރާގެ ރައްޔިތުންނަށް ހެޔޮއެދޭ ސިނާ-

Want your public figure to be the top-listed Public Figure in Midu?
Click here to claim your Sponsored Listing.

Category

Address

Midu
19010