Anwar Naeem
The personal page of (author) Anwar Naeem
28/01/2026
It was my honor to donate a copy of 'Thalassotherapy: The Healing Ocean' to the students of Sheikh Ibrahim School in Kelaa. Thank you for the warm reception. I hope the book inspires the young readers to explore and appreciate the incredible ocean and the environment surrounds us.
Important Lessons from Surah Al-Kahf
ފިރިން ވިއްކާ ފިހާރަ
ހުސްހަށިބައި އަންހެނަކު ފިރިޔެއް ހޯދުމަށް ފިރިން ވިއްކާ ފިހާރައަށް ދިޔައެވެ. އެފިހާރަ ހުންނަނީ 10 ބުރިއަށްނަގާފައެވެ. ކޮންމެ ބުރިއެއްގައިވެސް ހުންނަނީ ތަފާތު ކެޓަގަރީ ތަކުގެ ފިރިންނެވެ. އެކަމަކު މި ފިހާރާގައި ވަރަށް ހަރުކަަށި ގަވާއިދެއް އޮވެއެވެ. އެއްފަހަރު އަރާ ބުރިއަކަށް ދެވަނަ ފަހަރަކަށް ނޭރޭނެއެވެ. އަންހެން ކުއްޖާ މިގަވާއިދަށް އެއްބަަސްވެ، ފުރަތަމަ ބުރިޔަށް އެރިއެވެ.
ފުރަތަމަބުރީގައި ހުރީ ވަޒީފާއަކަށް ނުދާ ‘ލަޓޯފަޓޯ’ ފިރިންނެވެ. ވަރަށް ރީތި ފިރިހެނުންވެސް އެތާ ތިއްބެވެ. އެހެންނަމަވެސް އޭނާއަށް އެތަނުން ފިރިއަކު ކަމަކުދިޔައެވެ. ވަރަށް ގިނަވަގުތު އެތާ ހޭދަކުރުމަށްފަހު އޭނާ ދެވަނަބުރިޔަށް އެރިއެވެ.
ދެވަނަބުރީގައި ހުރީ އެކި ފެންވަރުގެ ވަޒީފާތަކަށްދާ ފިރިންނެވެ. ވަރަށް ރަނގަޅަށް ބަލާ ދިރާސާކުރުމަށް ފަހު އަންހެންކުއްޖާ ނިންމީ ތިންވަނަ ބުރިވެސް ބަލާލާށެވެ.
ތިންވަނަބުރީގައި ހުރީ އެކި ފެންވަރުގެ ވަޒީފާތަކަށްދާ ރީތި ފިރިންނެވެ. ރަގަޅު ވަޒީފާއަކަށްދާ ވަރަށް ރީތި ފިރިހެނަކަށް އޭނާގެ ހިތްކިއެވެ. އެހެން ނަމަވެސް އެއަށްވުރެ ރަނގަޅު މީހަކު ހޯދުމަށް އަންހެން ކުއްޖާ ނިންމީ ހަތަރުވަނަ ބުރިއަށް އަރާށެވެ.
ހަތަރުވަނަބުރީގައި ހުރީ އެކި ފެންވަރުގެ ވަޒީފާތަކަށްދާ، އަޚްލާގު ރަނގަޅު، ހެޔޮ ފިރިންނެވެ. އެތާކު އޭނާއަށް ކަމުދާ ރީތި މީހަކުނެތެވެ. އެހެންވެ އޭނާއެރީ ފަސްވަނަބުރިއަށެވެ.
ފަސްވަނަބުރީގައި ހުރީ އެކި ފެންވަރުގެ ވަޒީފާތަކަށްދާ، ރީތި، އަޚްލާގު ރަނގަޅު، ހެޔޮ ފިރިންނެވެ. އެތަނުން ފިރިއެއް އިޚްތިޔާރުކުރަން އުޅެފައިވެސް އެކުއްޖާ ހިތައްއެރިއެވެ. އަދިމިއަށްވުރެވެސް ރަނގަޅު މީހަކު ލިބޭތޯ ދެން އިން ބުރިވެސް ބަލާލާނީއެވެ.
ހަވަނަ ބުރީގައި ހުރީ ވިޔަފާރިވެރިންނާއި މުއްސަނދި ފިރިންނެވެ. ސިފަ އެހާ ރީއްޗެއްނޫނެވެ. އެހެންވެ ވަގުތުބޭކާރުނުކޮށް އޭނާ އެރީ ދެން އިން ބުރިއަށެވެ.
ހަތްވަނަބުރީގައި ހުރީ ވިޔަފާރިވެރި، މުއްސަނދި، ރީތި ފިރިންނެވެ. މައްޗަށްދާ ވަރަކަށް މި ވަނީ ރަނގަޅުތާއޭ ހިތާ އޭނާ ދެން އެރީ އަށްވަނަ ބުރިއަށެވެ.
އަށްވަނަބުރީގައި ހުރީ ވިޔަފާރިވެރި، މުއްސަނދި، އަޚްލާގު ރަނގަޅު، ހެޔޮ ފިރިންނެވެ. މިތަނުންވެސް އޭނާއަށް ކަމުދާ ކަހަލަ ރީތި ފިރިހެނަކާ ދިމާވާގޮތެއްނުވިއެވެ. އަންހެން ކުއްޖާ ނުވަވަނަބުރިއަށް އެރިއެވެ.
ނުވަނަނަބުރީގައި ހުރީ ވިޔަފާރިވެރި، މުއްސަނދި، ރީތި، އަޚްލާގު ރަނގަޅު، ހެޔޮ ފިރިންނެވެ. ވަރަށް ރަނގަޅަށް ބަލާ ދިރާސާކުރުމަށްފަހު އަންހެން ކުއްޖާ ހިތަށްއެރިއެވެ. ދެން އޮތްބުރިވެސް ބަލާލަންވީއެވެ. އެތާ އަދި މާ ރަނގަޅު މީހުން ތިބެދާނެއެވެ.
އަންހެން ކުއްޖާ ދިހަވަނަ ބުރިއަށް އެރިއެވެ. އެބުރި އޮތީ އެއްކޮށް ހުސްކޮށެވެ. ކުރިމަތީފާރުގައި ބޮޑު ސްކީނެއް ހަރުކޮއްފައި ހުއްޓެވެ. އަންހެން ކުއްޖާ އެ ސްކީން ކައިރިޔަށް ދިޔުމުން އެއަށް އޮޓޯ މެސެޖެއް އެރިއެވެ.
“ކަލޭ ތީ މި ބުރިޔަށް އެރި ދެލައްކަ އެކާވީސް ވަނަ އަންހެން ކުއްޖާއެވެ. މިބުރި ހަދާފައި މިހުރީ އަންހެނުން ކަމުދާ ހުރިހާ ކަމެއް ފުރިހަމަ ފިރިހެނުން ނުތިބޭނެކަން ސާބިތުކޮއްދިނުމަށެވެ.”
ލިޔުނީ: އަންވަރު ނައީމް
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Ecube Solutions
Male
20048