Cute_Bby
Naahidhu Yoosuf
11/11/2019
ވެމްކޯގެ މުވައްޒަފުންނަކީ ދަށްފަންތީގެ ބައެއްގޮތުގައި ދެކުން އެއީ އެ ދެކޭ ބައެއްގެ ނާތަހުޒީބު ވިސްނުމުގެ މައްސަލައެކެވެ.
މިހާރު ވެމްކޯ މުވައްޒަފުންގެ މުސާރަ ވަރަށް ކުޑަ 8000ރ
03/11/2019
ޕީޕީއެމުން ފޭސި އިލޮށިގަނޑު އަމިއްލަ ލޮލަށް!
ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. ފެހި ގާނޫނުއަސާސީއާ އެކު އެއްވެ އުޅުމުގެ ހައްގަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންކުރަމުން ދިޔަ ހައްގެކެވެ. ފެހި ގާނޫނުއަސާސީއާ އެކު އެއްވެ އުޅުމުގެ ހައްގުގެ ބޭނުން އަމަލީގޮތުން ކުރުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ މިއަދުވެސް އިދިކޮޅު ބޭފުޅުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށެވެ. އޭރު އެއީ ޑީއާރްޕީ އެވެ. މިއަދު އެއީ ޕީޕީއެމް / ޕީއެންސީ ކޯލިޝަނެވެ.
އެމްޑީޕީ އިސްވެ އޮވެ 2008 ވަނަ އަހަރު އުފެއްދި ކޯލިޝަން ސަރުކާރު ވެރިކަމަށް އައިސް ދައުރު ފުރިހަމަ ނުވަނީސް އޭރުގެ އިދިކޮޅު ބޭފުޅުން ވެރިކަން ބަދަލުކުރީ އެއްވެއުޅުމުގެ ހައްގުގެ ބޭނުން އޭރު އެކުރި ގޮތަކަށް ކޮށްގެންނެވެ. އެހެންކަމުން އެއްވެ އުޅުމުގެ ހައްގު ކަށަވަރުކޮށްދީފައި އޮތުމުގެ މުހިއްމުކަން އިދިކޮޅު ބޭފުޅުންނަށް އޮޅިފައެއް ނުވާނެ އެވެ. އެކަމަކު މަންޒަރު ބަދަލުވެގެން ދިޔައީ އިތުރު ބައެއް އެހެން ސިޔާސީ ޕާޓީތަކުގެ ތާއީދާ އެކު ޕީޕީއެމަށް 2013 ވަނަ އަހަރު ވެރިކަން ލިބި މަޖިލީހުގެ އަގުލަބިއްޔަތު ލިބުނު ހިސާބުންނެވެ.
އަބްދުﷲ ޔާމީންގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ޕީޕީއެމްގެ ސަރުކާރުން ގާނޫނާ ޚިލާފަށް އެތައް ކަމެއް ހިންގި އެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ހިޔާނާތުގެ ތުހުމަތުތައް ކުރެވުނެވެ. މިމައްސަލަތަކާ ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުވުމަށް އެއްވެއުޅުމުގެ ހައްގުގެ ބޭނުން ރައްޔިތުން ހިފި އެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަށް އެކަން ފެނުނީ ސަރުކާރު ބަދަލުކޮށްލަން ހިންގަމުން ގެންދިޔަ ބަޣާވާތެއްގެ ގޮތުގަ އެވެ. އެކަމަކު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން އެއްވީ 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ރައީސް ޔާމީން ވެސް އެއްވި ގޮތަށް، އެމަގުންނެވެ.
ރައީސް ޔާމީންގެ ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުން ތެދުވުމާ އެކު ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު މުޅިންހެން ނިގުޅައިގެންފަ އެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ހުށަހަޅާ، ޕީޕީއެމްގެ ސަރުކާރަށް ވާގިވެރިވި 37 މެންބަރުންގެ ތާއީދާ އެކު މަޖިލީހުން އިސްލާހު ފާސްކުރި އެވެ. މަޖިލީހުގެ ބައެއް މެންބަރުން ހިމެނޭ ގޮތަށް އެތައް ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް އެއްވެ އުޅުމުގެ ހައްގު ނިގުޅައިގަތީ އެގޮތަށް އަމަލުނުކުރަން އެތައް ބަޔަކު ގޮވަ ގޮވާ ތިއްބަ އެވެ. އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފިނަމަ ރައީސް ޔާމީނަށް ފަހުން ކުރިމަތިލާންޖެހިދާނެ އެތައް ކަމެއް ރައްޔިތުން ދިޔައީ ހަނދާންކޮށްދެމުންނެވެ.
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރުމުގެ ހައްގު ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައި ވަނީ ވަރަށް ފުޅާކޮށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ފުލުހުންގެ އިދާރާއިން ހުއްދަ ހޯދުމެއް ނެތި މުޒާހަރާ ނުކުރެވޭނެ ކަމަށް ކަނޑައަޅާފަ އެވެ. އަދި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށްވެސް އެ އިސްލާހުގެ ތެރެއިން ކަނޑައަޅާފަ އެވެ. ތޮއްޖެހިފައިވާ މާލޭގައި މުޒާހަރާކުރަން ހުއްދަދޭ ހަމައެކަނި ތަނުގައި ގޮތުގައި ޔާމީންގެ ސަރުކާރުން ހަމަޖެއްސީ ވަށައިގެންހެން ބެދިފައިވާ ކާނިވާ ސަރަހައްދެވެ.
އެއްވެއުޅުމުގެ ހައްގު އެވަރަށް ހަނިކުރުމުން ވެސް ރައްޔިތުން ބޭނުންވީ ކާނިވާ ސަރަހައްދަށް އެއްވެ ރައްޔިތުންގެ އަޑު ރައީސް ޔާމީންގެ ސަރުކާރަށް އިއްވުމަށެވެ. އެކަމަކު ތަފާތު އުޒުރުތައް ދެއްކުމަށްފަހު ގާނޫނުން ދިން ހަނިފުރުސަތުގެ ތެރޭގައިވެސް އެއްވުން ބާއްވަން ޔާމީންގެ ސަރުކާރުން ހުއްދަ ދީފައެއް ނުވެ އެވެ. އެންމެފަހުން ރައްޔިތުންގެ އެތައް ބަޔަކު އަތޮޅު ތެރޭގައި އާއި މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ހިޔާލުފާޅުކުރުމުން އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް އެތައް ބަޔަކަށް ހުކުމްކޮށް ޖަލަށްލީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. ފުލުހުން ބޭނުންކޮށްގެން އޭރެ އެހުރިހާ ކަމެއް ކުރީ ގާނޫނުގެ ތެރެއިން ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިން އޭރު ބުނަމުން ދިޔަ އެވެ. އެހެންކަމުން މިއަދު ޕީޕީއެމްގެ އެއްވުމަކަށް ފުލުހުން ހުރަސްއަޅާނަމަ އެކަންވެސް އެކުރަނީ ރައީސް ޔާމީން އިސްލާހުކުރި އެއްވެ އުޅުމުގެ ގާނޫނުގެ ދަށުންކަން ގަބޫލުކުރަން ޖެހެ އެވެ. މިދައްކަނީ ދާދި އިހަށް ދުވަހު ހިނގާދިޔަ ކަންކަމުގެ ވާހަކަތަކެވެ.
ރައީސް ޔާމީނަށް މިއަދު ވެރިކަން ގެއްލިވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ އެއްވެސް ބާރެއް ނެތެވެ. އެމަނިކުފާނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ވެސް މިވަނީ ނިމިފަ އެވެ. އެހެންކަމުން ދިގު މުއްދަތަކަށް އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހިދާނެ ކަމަށް ރައީސް ޔާމީނާއި ސަޕޯޓަރުންނަށް މިވަނީ ބެލެވެން ފަށާފަ އެވެ. މިކަންކަމާ ގުޅިގެން އެއްވެއުޅުމުގެ ހައްގުގެ ބޭނުން ހިފައިގެން ސަރުކާރަށް ފިއްތުއްތައް ކުރިމަތިކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭނުންވެ އެވެ. އެކަމަކު ބާރު އޮތް ދުވަސްވަރު އެއްވެއުޅުމުގެ ހައްގު ހަނިކުރުމަށްޓަކައި ގާނޫނަށް ގެނައި އިސްލާހުތައް މިއަދު ތިވަނީ އަމިއްލަ ކަރަށް ދަމާލެވޭ ދަންމަޅިއަކަށް ވެފަ އެވެ. މިއަދު އެ އިސްލާހުތައް ތިވަނީ ފޭހުނު އިލޮށިގަނޑަށްވެ އަމިއްލަ ލޮލަށް ހެރިފަ އެވެ.
އެތަކެއް އުފާތައް ލޯބިން އެކުގާ ކުރިން ދީފާ
ހެކިކޮށް ހަނދާ ހަނދުވަރުގާ ކުރިޔޭ ހުވާ އޭނާ
ވަކިވުން ނުވާނޭ ބުނެފާ އަތުގާ ހިފާފާ އޭނާކެހިދީ ފިލީޔޭ
އޭނާ ކިހެނެއް ހަދާނީ މިހާރު.؟؟
Click here to claim your Sponsored Listing.
Category
Website
Address
Male