ZESTY

ZESTY

Share

Contact 9632263

11/10/2025

ހިމޮފީލިއާ އިނގެނީ ކިހާވަރަކަށް؟

މިއީ ލޭމަނާ ކޮށްދޭ ޕްރޮޓީން. ފެކްޓާ 8 ނުވަތަ 9 ހަށިގަނޑުގައި މަދުވުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ބައްޔެއް. އެނގެންޖެހޭ ކަމަކީ މިއީ ދަރިފުޅު އުފެދުމުގައި ހުންނަ ބައްޔެއް ކަން އަދި ހަމަ ޓެލެސީމިއާ ކުދިން ލޭ ގަވައިދުން އަޅާފަދައިން ، ގަވައިދުން ފެކްޓަރ އިންފިއުސް ކޮށްގެން ނޫނީ މިކުދިން ފުރާނަވެސް ރައްކާތެރި ނުކުރެވޭކަން. މި ބައްޔަކީ އެއްކޮށް ރަނގަޅުކުރެވޭ ބައްޔެއް ނޫން. މި ބަލި ތަހަންމަލް ކުރާ މީހުންނާއި ކުދިންގެ އަދަދު ކިތަންމެ މަދުކަމުގައި ވީނަމަވެސް މި ވެސް ހަމަ މި މުޖުތަމައުގަ ހާއްސަ ސަމާލުކަމެއް ލިބެންޖެހޭ ވަރަށް ވެސް ނުރައްކާތެރި ބައްޔެއް.

ސަރުކާރަށް މި ބަލީގެ އާދޭސް ނުފޯރަނީ ހަމަ މި ބަލި ތަހަންމަލް ކުރާ އަދަދު މަދުވެގެން؟ މީ ހަމަ ބޮޑު އިހުމާލެއް!

މިވީހާދުވަހުވެސް މި ކުދިންނަށް މާ ބޮޑު އަޅާލުމެއް އެއްވެސް ސަރުކާރަކުން ދީފައެއް ނެތް. މި ކުދިން ގަޔަށް ގަވައިދުން ޖަހަންޖެހޭ އިންޖެކްޝަން ތައް ހޯދަނީ އުނދަގުލުން. ނަމަވެސް މިހާރު އުނދަގުލުންވެސް ހޯދަމުންދިޔަ އިންޖެކްޝަން ނުލިބި ފުރާނަ ނުރައްކާ ހިސާބުގަ އެ ހުރީ .. އެންސްޕާ އަކަސް އާސަންދައަކަސް އަދި އެސްޓިޔޯވިޔަސް، އެބަ ޖެހޭ ނޫންތޯ މި ދައްކަނީ ކޮންވާހަކަ އެއްކަން އެނގޭވަރު ކޮށްލަން. އާންމު ރައްޔިތުންނަށް ހިމޮފީލިއާ އޭ ބުނެގެން ނޭގުނަސް މި ކޯއްޗެއްކަން މިއުޅެނީ ސިއްހީ ދާއިރާތަކުގަ މަސައްކަތް ކުރާ މީހުންނާއި ނަރުހުންނާއި ބައެއް ޑޮކްޓަރުންނަށްވެސް ރޭއަކާ ނުލައިގެން.

އަޅުގަނޑުގެ އާދޭހެއް މީ ، މި ބަލި ތަހައްމަލް ކުރާ މި ރާއްޖޭގަ މިއުޅޭ ހުރިހާ ހިމޮފީލިއާ ޕޭޝެންޓުންނަށް ފަރުވާ އިންޖެކްޝަން ހޯދުމާއި ކަންކަމައް ލުއި ގޮތެއް ހޯދަވާ ދެއްވާ .. އިންޖެކްޝަން ނުލިބި އިންޖެކްޝަންގެ ގެ އިންތިޒާރު މި ކުދިން މިތިބީ ފުރާނަވެސް ނުރައްކަލުގެ ތެރޭ.

މި ޕޯސްޓު ވީހާވެސް ގިނަ މީހުން ޝެއާ ކޮށްދެއްވާ. މި ބަލީގެ މީހުންގެ އަދަދު މަދަސް ތިޔަ އެންމެ ފަރާތްތަކުގެ އެހީއާ އެއްކޮށް ސަރުކާރުގެ އިސްވެރިންގެ ކަންފަތާހަމައަށް އަޑު ބާރުކޮށް
ފޯރުކޮށްދެއްވާ

Aasandha PVT LTD State Trading Organization

Ministry of Health, Maldives.

Dr Mohamed Muizzu

02/10/2025

އަޅަމެންގެ މާތް ނަބިއްޔާ މުހައްމަދު ﷺ އަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާނދޭވެ! އާމީން

Photos from ZESTY's post 02/10/2025
Photos from ZESTY's post 26/09/2025

𝐓𝐎𝐎 𝐁𝐔𝐒𝐘 𝐓𝐎 𝐂𝐋𝐄𝐀𝐍 𝐘𝐎𝐔𝐑 𝐇𝐎𝐔𝐒𝐄

𝑶𝑵𝑬 𝑻𝑰𝑴𝑬, 𝑾𝑬𝑬𝑲𝑳𝒀 𝑨𝑵𝑫 𝑴𝑶𝑵𝑻𝑯𝑳𝒀 𝑷𝑨𝑪𝑲𝑨𝑮𝑬
9632263 - 9868629

Want your business to be the top-listed Business in Male?
Click here to claim your Sponsored Listing.

Telephone

Website

Address


H4 Tower
Male
23000